ތަޢުލީމު ލިބިގަންނަންވީ ކީއްވެ؟

ލިޔުނީ : ލީލާ މޫސާ – ވިދުވަރުގެ ހދ.ކުމުންދޫ

 

ކަލޭމެންގެ ދިރިއުޅުމަށް ތަޢުލީމަކީ ކިހާ މުހިއްމު އެއްޗެއް ހެއްޔެވެ؟

ކަލޭމެން ގަބޫލު ކުރަންތަ! ތަޢުލީމު ނެތި ދިރިއުޅުމަކީ ވަރަށް ފަސޭހަ ކަމެއްކަމަށް!

ކަލޭމެންނަށް ތަޢުލީމާ ނުލާ މީހުންނާ ކުރިމަތި ލެވިދާނެތަ؟

ކަލޭމެންނަށް އެނގޭތަ! ތަޢުލީމު ނެތުމުގެ ސަބަބުން ލިބޭ ކުޑަ މުސާރައިން ދިރިއުޅުމުގެ ދެކޮޅު ޖައްސާނެ ގޮތް؟

ކަލޭމެންނަށް ތަޢުލީމު ނެތި، ކަލޭމެންގެ ދަރިންނަށް ރަނގަޅު މަގު ދެއްކޭނެތަ؟

ކަލޭމެންގެ ތަޢުލީމެއް ނެތްނަމަ، ސިޓީއެއް ކިޔަންވިއަސް ދަރިފުޅަށް ބުނެދޭން ޖެހުނަސް، ލިޔަން ވިއަސް ނުވަތަ މަޢުލޫމާތެއް ހޯދަން ޖެހުނަސް، ކަލޭމެން ހަދާނީ ކިހިނެއްހެއްޔެވެ؟

ކަލޭމެންނަށް ތަޢުލީމާއިނުލާ ކަލޭމެންގެ ދިރިއުޅުން ބާއްޖަވެރި ކުރެވިދާނެތަ؟

ކަލޭމެންނަށް ނުކިޔަވާ ތިބެގެން މުޖުތަމަޢުގެ ގަދަރު ލިބޭނެތަ؟

ކަލޭމެންނަށް ނުކިޔަވާ ތިބެގެން މަތީމަޤާމުގެ ވަޒީފާތައް ލިބޭނެތަ؟

މިކަމާ މެދު ކަލޭމެން ވިސްނާލާ!

ތަޢުލީމަކީ ގެއްލިގެން ނުދާނެ މުއްސަނދި ކަމެކެވެ. ދުނިޔެއަށް އައި ދުވަހުން ފެށިގެން މަރުވަންދެން ކިޔަވާށެވެ.

ތަޢުލީމަކީ މީހެއްގެ ދިރިއުޅުމަށް، އެމީހަކަށް ހޯދޭނެ އެންމެ މަތިވެރި އަދި އެންމެ އަގުހުރި ޚަޒާނާއެވެ.

 

ނޯޓް: މިއީ 2 މާޗް 2008 ގައި ކުމުންދޫ ސްކޫލަށް 60 އަހަރުފުރުން ފާހަގަ ކުރުމުގެގޮތުން ނެރުނު އަރުތަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.